ކަން
ދިވެހިބަހުގެ
ޤަވާޢިދުގައި "ކަން"
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
އިތުރު އެހެން
ބަހެއް ގުޅުމަކާއި ނުލައި ތިންޒަމާނުންކުރެ އެއްޒަމާން އެއިން ދޭހަވާ ކޮންމެ
ބަހެއް. މިސާލު: ދިޔަ، ދަނީ، ދާނެ. |
2 |
ތުހުފަތުލްޢަދަބިއްޔާ |
ވެއަތުވެދިޔަ ޒަމާނާއި، މިހާރު ހިނގަހިނގާއޮތް ޒަމާނާއި އަދި އަންނާންއޮތް
ޒަމާން މި ތިން ޒަމާނުންކުރެ ޒަމާނަކާއި އެކުލެވިގެން މައުނައެއް ދޭހަވާ ލަފުޒު. |
3 |
ސުއްލަމުލް ޢަރީބް |
ބުނާބުނުމުން
ކަމެއްކުރުމަށް ދޭހަކުރާ ކޮންމެ ބަހެއް. މިސާލު: ބުނި، ބުނެފި، ބުނޭ، ބުނާނެ. |
4 |
ދަރިވަރުންގެ އެހީތެރިޔާ |
ކުރާ، ކުރެވިއްޖެ
ނުވަތަ ކުރާންވެފައިވާ ކޮންމެވެސް ކަމެއްދޭހަކޮށްދޭ ބަސް. މިސާލު: ހިގައިފި، ދަނީ، ކާނެ |
5 |
ފިޔަވަޅު 1، 2، 3، |
ކުރިއަށް ވޭތުވެދިޔަ ޒަމާނުގައި ނުވަތަ މިހާރު ހިނގަހިނގާއޮތް ޒަމާނުގައި
ނުވަތަ ފަހުން އަންނަންއޮތް ޒަމާނުގައި ކަމެއް ހިނގުމުގެ މާނަދޭހަކޮށްދޭ
ބަސްބަހީ ކަމެވެ. |
6 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4 |
ވޭތުވެދިޔަ ޒަމާނުގައި ހިނގާފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާކަމެއް،
ނުވަތަ އަންނާންއޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގާފާނެ ކަމެއް ދޭހަކޮށްދޭ
ކޮންމެ ބަހެއް. |
ދިވެހިބަހުގެ
ގަވާއިދުގައި "މަސްދަރު"
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ކަމުގެ ނަން. |
2 |
ދަރިވަރުންގެ އެހީތެރިޔާ |
ކަން އުފެދުމުގެ
އަސްލު މިސާލު: ވަނުން، ބެލުން، ނެށުން. |
3 |
ފިޔަވަޅު 1، 2، 3، |
ކަން އުފެދުމުގެ
އަސްލު ނުވަތަ ކަމަކަށްކިޔާ ނަން މިސާލު: ލިޔުން، ކިޔުން، ދުވުން. |
4 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4 |
ކަން އުފެދުމުގެ
އަސްލު މިސާލު: އައުން، ކިޔުން، ނެށުން. |
ދިވެހިބަހުގެ ޤަވާޢިދުގައި
"ޒަމާން"
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ކަންހިނގި ޒަމާނަކީ، ކަމެއް ހިނގާ އިރު އެކަން ހިނގިޒަމާން އަންގައިދޭ
ކޮންމެ ބަހެއް. މިސާލު: އިއްޔެ، އެހިނދު، އަބަދަށްޓަކައި. |
2 |
ދަރިވަރުންގެ އެހީތެރިޔާ |
ކަމެއް ހިނގި، ހިނގާ، ނުވަތަ ހިނގާނޭ ވަގުތު ދޭހަކޮށް ދިނުމަށްޓަކައި
ކަމަކަށް ގެނެވޭ ބަދަލު. |
3 |
ފިޔަވަޅު 1، 2، 3، |
ޒަމާން ދޭހަކޮށްދެނީ، ކަންހިނގުމުގެ ވަގުތެވެ.
އެކަންދޭހަކޮށްދިނުމަށްޓަކައި މަސްދަރަށް ގެނެވޭ ބަދަލެވެ. މިސާލު: ލިޔުން،
ލިޔެފި، ލިޔާނެ، ލިޔުނު، ލިޔުނީސް. |
4 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
ކަމެއް ހިނގި، ހިނގާ، ނުވަތަ ހިނގާނޭ ވަގުތު އަންގައިދިނުމުގެ ގޮތުން ކަމަކަށް ގެނެވޭ ބަދަލު. |
ޒަމާނުގެ ބައިތައް
ހ) ވާކަން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ވެދިޔަ ޒަމާނެއްގައި ކަމެއް ހިނގަހިނގާ ހުރިކަން އަންގައިދޭ ކޮންމެ ކަމެއް. މިސާލު: ކައޭ، ކުޅޭއޭ. |
2 |
ދަރިވަރުންގެ އެހީތެރިޔާ |
ވާހަކަދެކެވޭ ޒަމާނުގައި ނުވަތަ
އިސްވެދިޔަ ޒަމާނެއްގައި ކޮންމެވެސް ކަމެއް ހިނގާކަން. މިސާލު: އޭނާ އޭރުވެސް
މިގެޔަށް ވަދެއެވެ. |
3 |
ފިޔަވަޅު 1، 2، 3، |
އެއީ އިހަށްވެސް،
މިހާރުވެސް، އަދި ފަހުންވެސް ވާކަންތައްތަކެވެ. މިސާލީ: ކޮންމެ ދުވަހަކު ހެނދުނު އިރުއަރައެވެ. |
4 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
އިހަށްވެސް
މިހާރުވެސް ވާކަންތައް. މިސާލު: އޭނާ އޭރުވެސް މަހަށްދެއެވެ. |
ށ) ވޭވޭހުރިކަން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ކަމެއް މިހާރު ހިނގަމުން ދާކަން އަންގައިދޭ ކޮންމެ ކަމެއް. މިސާލު: ލިޔަނީ. |
2 |
ސުއްލަމުލް ޢަރީބް |
މިސާލު: ބުނަނީ، އަހަނީ. |
3 |
ދަރިވަރުންގެ އެހީތެރިޔާ |
ކޮންމެވެސް ކަމެއް ވާހަކަދެކެވޭ ވަގުތު ހިނގަހިނގާ ހުރިކަން އަންގައިދޭ
ބަސް. މިސާލު: އޭނާ ލިޔަނީއެވެ. |
4 |
ފިޔަވަޅު 1، 2، 3، |
އެއީ ބަސްބުނާހިނދު
ހިނގަހިނގާ ހުންނަކަންތަކެވެ. މިސާލީ: އަލީ މިހާރު ލިޔަނީއެވެ. |
5 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
ވާހަކަދެކެވޭވަގުތު
ހިނގަހިނގާ ހުންނަ ކަންތައް. މިސާލު: ސަލީމް ކަނީއެވެ. |
ނ) ވާނޭކަން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ކުރިއަށް އޮތް ޒަމާނުގައި ނުވަތަ އަންނަން އޮތް ޒަމާނުގައި ކަމެއް
ހިނގާނެކަމަށް ދޭހަވާ ބަސް. މިސާލު: ލިޔާނެ. |
2 |
ސުއްލަމުލް ޢަރީބް |
މިސާލު: އަހާނެ، ބުނާނެ. |
3 |
ދަރިވަރުންގެ އެހީތެރިޔާ |
ކޮންމެވެސް ކަމެއް
އަންނާން އޮތް ޒަމާނުގައި ހިނގާނެކަން އަންގައިދޭ ބަސް. މިސާލު: މާދަމާ ހެނދުނު އޭނާ އަންނާނެ. |
4 |
ފިޔަވަޅު 1، 2، 3، |
އެއީ ބަސްބުނުމުގެ
ފަހުން ވާނޭކަންތަކެވެ. މިސާލު: މާދަމާ ބައްތެލި އަންނާނެއެވެ. |
5 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
އަންނާން އޮތް
ޒަމާނުގައި ހިނގާނެ ކޮންމެވެސް ކަމެއް ދޭހަކޮށްދޭ ބަސް. މިސާލު: ފަހަރެއްގައި މިރޭ ރިޒާ އައިސްދާނެ. |
ރ) ނިމުނުކަން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ކައިރި
ޒަމާނެއްގައި ހިނގާފައިވާކަން އަންގައިދޭ ކަމެއް. މިސާލު: އަތުވެއްޖެ. |
2 |
ސުއްލަމުލް ޢަރީބް |
މިސާލު: ބުނެފި، ހިފައިފި. |
3 |
ދަރިވަރުންގެ އެހީތެރިޔާ |
ކޮންމެވެސް ކަމެއް
ވޭތުވެދިޔަ ޒަމާނެއްގައި ހިގައިފިކަން. މިސާލު: އޭނާ އެ ފޮތް ލިޔެފިއެވެ. |
4 |
ފިޔަވަޅު 1، 2، 3، |
އެއީ ބަސްބުނުމުގެ ކުރިން ހިނގާފައިވާ ކަންތަކެވެ. މިސާލީ: ދެންމެއަކު އޭނާ އަތުވެއްޖެއެވެ. |
5 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
ވޭތުވެދިޔަ ކައިރި
ޒަމާނެއްގައި ހިނގާފައިވާ ކަމެއް. މިސާލު: އޭނާ ދެންމެ އަތުވެއްޖެ. |
· ހިނގާފައިވާ އެކަމެއްގެ ހާލަތު
ބަދަލުނުވާ ކަންކަން.
· ކަމެއްގެ ހަބަރެއް ދިނުމަށް ނުމުނުކަން
ބޭނުންކުރެވޭ.
· ނިމުނުކަމުން އުފެދޭ ނަންއިތުރު
އާއްމުވާނެ.
· އެހެންހުރިހާ ކަމަކުން އުފެދޭ
ނަންއިތުރު ވަކިފަރާތަކަށް ހާއްޞަވާނެ.
ބ) ނިމިނިމުނުކަން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދިވެހިބަހުގެ ބަސްމަގު |
ދުރު ޒަމާނެއްގައި
ހިނގާފައިވާކަން އަންގައިދޭ ކަމެއް. މިސާލު: އޭނާ ފާސްވިއެވެ. |
2 |
ސުއްލަމުލް ޢަރީބް |
މިސާލު: ބުނި، ކިޔެވި. |
3 |
ދަރިވަރުންގެ އެހީތެރިޔާ |
ކޮންމެވެސް ކަމެއް
ވޭތުވެދިޔަ ޒަމާނެއްގައި ވެނިމިދިޔަކަން. މިސާލު: އޭނާ އައި އިރު އެ ކުއްޖާ މިހަކާ އިނދެފި. |
4 |
ފިޔަވަޅު 1، 2، 3، |
އެއީ ބަސްބުނުމުގެ މާކުރިން ވެނިމިފައިވާ ކަންތަކެވެ. މިސާލީ: މިދިޔަ ފޯވަހީގައި ވަރަށް
ރަނގަޅަށް މަސްވެރިކަން އައެވެ. |
5 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
ވޭތުވެދިޔަ ދުރު
ޒަމާނެއްގައި ވެނިމިފައިވާ ކަމެއް. މިސާލު: މިދިޔަ އަހަރު ފަޒީލް ފާސްވިއެވެ. |
ޅ) ނަމަވުން
# |
ފޮތުގެ ނަން |
ތަފްސީލް |
1 |
ދަރިވަރުންގެ އެހީތެރިޔާ |
ކަމެއް ހިނގީތީ
ހިނގިކަމެއް ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނޭކަމެކެވެ. މިސާލު: ހެދުނު ހޭލެވިއްޖެނަމަ ވަގުތަށްދާނަމެވެ. |
2 |
ފިޔަވަޅު 1، 2، 3، |
އެއި ކަމެއް ހިނގީތީ ހިނގިކަމެކެވެ. ނުވަތަ ކަމެއް ހިނގައިފިނަމަ
ހިނގާނޭކަމެކެވެ. މިސާލީ: މަސައްކަތްކުރިނަމަ ކުރިއެރީސްކަން ގައިމެވެ. |
3 |
ދިވެހިބަހުގެ ޤަވާއިދު 1، 2، 3،4 |
ކަމެއް ހިނގީތީ
ހިނގިކަމެއް ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނޭކަމެކެވެ. މިސާލު: ވިއްސާރަވީތީ ދަތުރު ލަސްވީއެވެ. |