ޚުލާޞާކުރުން
އެންމެ ޢާންމު ބަހުންނަމަ ޚުލާޞާ ކުރުމަކީ ކުރުކޮށްލުމެވެ.
ލިޔެފައިވާ ލިޔުމެއް ނުވަތަ މީހަކު ދެއްކިވާކައެއް ނަމަވެސް މުހިއްމު ނުކުތާތައް ނުގެއްލޭގޮތަށް
ކުރުކޮށްލުމަކީ ޚުލާޞާކުރުމެވެ. ނޫސްތަކަށް ލިޔާ ރިޕޯޓަރުން ލިޔުމާއި، ޚަބަރާއި، ދައްކާވާހަކަ
ވަރަށް ކުރުކޮށް ޚުލާޞާ ކޮށްފައިހުންނަތަން ފެނެއެވެ.
ލިޔުމެއް ޚުލާޞާކުރާއިރު އެލިޔުން ލިޔެފައިވާ މައިގަނޑު ސުރުޚީއަށް
ވިސްނުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުޑަވަގުތު ކޮޅެއްގެތެރޭގައި ރަނގަޅު ފުރިހަމަ
ޚުލާޞާއެއް ލިޔުމަށްޓަކައި އަބަދުވެސް ( ތިން ސީނު ) ހަދާންކުރާށެވެ. އެ ތިންސީނަކީ
ސާފު ( ރަނގަޅަށް އޮޅުންފިލާގޮތަށް ) ސާދާ ( ކުރުކޮށް ) ސީދާ ( ބޭނުންވާ ނުކުތާނެގުން
) އެވެ. އެހެންކަމުން ޚުލާސާކުރުމަކީ ބޭނުންވާ މުހިއްމު ނުކުތާތައް ރަނގަޅަށް އޮޅުންފިލާގޮތަށް
ކުރުކޮށް ލިޔުމެވެ.
އިމްތިޙާނުގައި ޚުލާޞާއަށް މާކުސްދޭއިރު މައިގަނޑު ނުކުތާތައް
ލިޔުމަށާއި، އެނުކުތާތައް އަމިއްލަ ޢިބާރާތުން ކުރުކޮށް ބަޔާންކޮށްފައިވާމިންވަރަށް
ބެލޭނެއެވެ. ލިޔުމުގައިވާ މުހިއްމު ވާހަކަތައް އެހުރިގޮތަށް ކޮޕީކުރުމުން ފުރިހަމަ
ޚުލާޞާއަކަށް ނުވާނެއެވެ. ހަމައެހެންމެ ލިޔުމުގައިވާ މުހިއްމު ވާހަކަތައް މުޅިން އެހެންގޮތަކަށް
ބަދަލުކޮށްގެން ލިޔުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.
ތިރީގައިވާ ލިޔުން ޚުލާޞާކޮށްފައިވާ ގޮތާމެދު ވިސްނާލާށެވެ.
ލިޔުމުގައިވަނީ 51 ފޮޅުވަތެވެ. މުހިއްމު ނުކުތާތައް ކަމަށް ފާހަގަކޮށްފައިވާ ނުކުތާތައް
ވަކިންލިޔުމުން އެބައިގައި ހުރީ 21 ފޮޅުވަތެވެ. އެ ނުކުތާތަކުގައިހުރި ބޭނުންނޫން ބަސްތައް
ދޫކޮށް ކޮންމެވެސް ވަރަކަށް އަމިއްލަ ޢިބާރާތުން ލިޔުމުން ޚުލާޞާގެ ދިގުމިނަކީ 16 ފޮޅުވަތެވެ.
ރަނގަޅު ޚުލާޞާއެއްނަމަ މުޅި ލިޔުމުން ދޭހަވިއެއްޗެއް ލިޔުން ތިންބައިކުޅަ އެއްބަޔަށް
ޚުލާޞާ ކުރުމުން، ކުލާޞާކުރި ބައިވެސް ދޭހަވާންޖެހެނެއެވެ.
ޚުލާޞާލިޔުމުގެ ކާމިޔާބު
7 ފިޔަވަޅު
1.
ދޫކުރަމުން ކިޔާށެވެ.
2.
މުހިއްމު ޕޮއިންޓްތައް ( މައިގަނޑު ޖުމުލައާއި، ބާރުދޭ ޖުމުލަތައް ) ނޯޓްކުރާށެވެ.
3.
ނުގުޅޭ ނުވަތަ މުހިއްމުކަންކުޑަ ބާރުދޭ ޖުމުލަތައް ދޫކޮށްލާށެވެ.
4.
އަލުން ރާވަލައި ތަރުތީބުކޮށްލާށެވެ.
5.
ނޯޓްކުރިތަކެތީގެ އެހީގައި ޚުލާޞާ ލިޔަންފަށާށެވެ.
6.
ފުރަތަމަ ޑްރާފް އެޑިޓްކުރާށެވެ.
•
ކުށްރަނގަޅުކުރުން.
•
ބޭނުންނެތް ބަސްތައް ކަނޑާލުން.
•
ޖުމުލަތައް ސާފުވާނޭހެން އަލުންލިޔުން.
7. އޮމާންކަމާއެކު ކިޔާލެވޭނެހެން
ފުރަތަމަ ދެލިކޮޕީ އަލުން ލިޔާށެވެ.