ނަން
ފޮތުގެ ނަން |
ނަމުގެ ތަޢާރަފު |
ތުޙުފަތުލް އަދަބިއްޔާތު |
އެލަފުޒަކުން އެއްވެސް ޒަމާނެއް ދޭހަނުވާ މާނައެއް
އެކުލެވިގެންވާ ކޮންމެ ލަފުޒަކީ ނަމެކެވެ. ( މިފޮތުގައި ބުނާގޮތުން ނަމަ ދިވެހި ބަހުގައި ބޭނުންކުރާ
"އަކުރު" އާއި "ކަން" ފިޔަވައި ދެން ހުރި ހުރިހާ
ލަފުޒުތަކެއް ނަމުގެ ތެރޭގައި ހިމެނޭ) މިސާލު: ގެ، ވެލި، މޫސަ، ރަތް، ތަދު |
ސުއްލަމުލް ޢަރީބު |
ނަމަކީ ބުނާ ބުނުމުން އެއީ މީހެއްކަން، ކަމެއްކަން
ނުވަތަ އެއްޗެއްކަން ދޭހަކުރާ ކޮންމެ ބަހެކެވެ. (ލަފުޒެކެވެ.) ( ބުނާ ބުނުމުން
ތަނެއްކަން ދޭހަކޮށްދޭ ލަފުޒު މިފޮތުގައި ނަމުގެ ގޮތުގައި ހިމަނާފައި ނުވެއެވެ.
އަދި "ކަމުގެ ނަން" ނަމުގެ ގޮތުގައި ހިމަނާފައިވެއެވެ. ) މިސާލު: މުޙަންމަދު، ގަލަން، ފޮތް |
ދިވެހިބަސް ދަރިވަރުންގެ އެހީތެރިއާ |
އެ ބަހެއް ބުނުމުން ނުވަތަ ކިޔުމުން މީހެއްކަން ނުވަތަ
އެއްޗެއްކަން ދޭހަކޮށްދޭ ކޮންމެ ބަހެކެވެ. (ލަފުޒެކެވެ.) ( މިފޮތުގައި ތަންތަނަށް ކިޔާ ނަމާއި ކަމުގެ ނަންވެސް ނަމުގެ
ގޮތުގައި ހިމަނާފައި ނުވެއެވެ. އެހެން ނަމަވެސް މި ފޮތުގައި "މުރާލި"
" ތޫނުފިލި" "ހީވާގި" "ކެތްތެރި" ފަދަ ލަފުޒު
ނަމުގެ މިސާލެއްގެ ގޮތުގައި ދީފައި ވެއެވެ. އެހެންނަމަވެސް މި ލަފުޒުތަކަކީ،
މީހެއްކަންވެސް އެއްޗެއްކަންވެސް ދޭހަކޮށްދޭ ލަފުޒުތަކެއް ނޫނެވެ. މީ ސިފަ
ދޭހަކޮށްދޭ ލަފުޒުތަކެކެވެ. ނަމަވެސް ސިފައެއްކަން ދޭހަކޮށްދޭ ލަފުޒުތަކަކީ ނަން
ކަމުގައި މި ފޮތުގައި ބަޔާންކޮށްފައެއް ނުވެއެވެ. ވީމާ މި ފޮތުގައި ދީފައިވާ
ތަޢާރަފާއި މި މިސާލުތަކާއި ދިމައެއް ނުވެއެވެ. |
ފިޔަވަޅު |
ނަމަކީ އެބަހެއް ބުނުމުން ވަކި ޒަމާނެއް ދޭހަނުވާ އެހެން
ނަމަވެސް އެބަހުން މީހެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ ތަނެއްކަން ނުވަތަ
ކަމެއްކަން އެނގޭ ބަސްބަހެވެ. ( މި ފޮތުގައި،
މިސާލެއްގެ ގޮތުން " ނަލަކަން" ނަމެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.
އެއީ ކަމަކަށް ކިޔާ ނަމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް " ނަލަކަން"
އެއީ ކަމެއްކަން ދޭހަކޮށްދޭ ލަފުޒެއް ނޫނެވެ. "ނަލަކަން" އެއީ
ސިފައެކެވެ. މިފޮތުގެ ތަޢާރަފުގައިވާ ގޮތުން ސިފަ ދޭހަކޮށްދޭ ލަފުޒަކީ
ނަމެއްކަމުގައި ބުނެފައެއް ނުވެއެވެ. މިސާލު: މީދާ، ކާށި، މިސްކިތް، ކިޔެވުން ނަލަކަން |
ދިވެހި ބަހުގެ ޤަވާޢިދު 1،2،3،4 |
ނަމަކީ އެބަހެއް ބުނުމުން ނުވަތަ ކިޔުމުން މީހެއްކަން
ނުވަތަ އެއްޗެއްކަން ނުވަތަ ތަނެއްކަން އަންގައިދޭ ކޮންމެ ބަހެކެވެ. (މިފޮތުގައި ކަމެއްކަން ދޭހަކޮށްދޭ ލަފުޒާއި ސިފަ
ދޭހަކޮށްދޭ ލަފުޒު ނަމުގެ ގޮތުގައި ހިމަނާފައެއް ނުވެއެވެ.) މިސާލު: ބައްޕަ، މިސްކިތް، ވަޅި |