Top Ad unit 728 × 90

އެންމެ ފަހުގެ

recentsss

ދިވެހި ބަހުގެ މައިގަނޑު ބައިތައް



ނަން

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

ނަމަކީ އެހެން ބަހަކާއި ގުޅުވުމަކާއި ނުލައި އޭގެ މާނަ ދޭހަވާ އެބަހުން ތިން ޒަމާނުންކުރެ ޒަމާނެއް ނޭންގޭ ކޮންމެ ބަހެއް

2

ތުހުފަތުލްޢަދަބިއްޔާ

ވޭތުވެދިޔަ، ހިނގަހިނގައި އަދި އަންނަން އޮތް ޒަމާނާ އެކުލެވުމެއް ނެތި ކޮންމެވެސް މާނައެއް ދޭހަވުން

3

ސުއްލަމުލް ޢަރީބް

ބުނާބުނުމުން އެއީ މީހެއްކަން، ނުވަތަ ކަމެއްކަން، ނުވަތަ އެއްޗެއްކަން ދޭހަކުރާ ކޮންމެ ބަހެއް

4

ދަރިވަރުންގެ އެހީތެރިޔާ

އެބަހެއް ބުނުމުން، ނުވަތަ އެބަހެއް ކިޔުމުން، އެއީ މީހެއްކަން، ނުވަތަ އެއްޗެއްކަން ދޭހަކޮށްދޭ ކޮންމެ ބަހެއް

5

ފިޔަވަޅު 1، 2، 3،

އެބަހެއް ބުނުމުން އެއީ މީހެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ ތަނެއްކަން ނުވަތަ ކަމެއްކަން އެނގޭ ވަކި ޒަމާނެއް ދޭހަނުވާ ބަސްބަސް.

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

އެބަހެއް ބުނުމުން އެއީ މީހެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ ތަނެއްކަން ނުވަތަ އަންގައިދޭ ކޮންމެ ބަހެއް


ކަން

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

އިތުރު އެހެން ބަހަކާއި ގުޅުމަކާއި ނުލައި ތިން ޒަމާނުންކުރެ ޒަމާނެއް އެއިން ދޭހަވާ ކޮންމެ ބަހެއް.

2

ތުހުފަތުލްޢަދަބިއްޔާ

ވޭތުވެދިޔަ، ހިނގަހިނގައި އަދި އަންނަން އޮތް ޒަމާނާ އެކުލެވިގެން މާނައެއް ދޭހަވާ ކޮންމެ ލަފުޒެއް

3

ސުއްލަމުލް ޢަރީބް

ބުނާބުނުމުން، ކަމެއް ކުރުމަށް ދޭހަކުރާ ކޮންމެ ބަހެއް

4

ދަރިވަރުންގެ އެހީތެރިޔާ

ބަސްބެހިފައިވާ ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި ކަމެއް ހިނގައިފިކަން، ނުވަތަ ހިނގާނޭކަން، ނުވަތަ ހިނގާފާނޭކަން ދޭހަކޮށްދޭ ޔކޮންމެ ބަހެއް

5

ފިޔަވަޅު 1، 2، 3،

ކުރިއަށް ވޭތުވެދިޔަ ޒަމާނުގައި ނުވަތަ މިހާރު ހިނގަހިނގާއޮތް ޒަމާނުގައި ނުވަތަ ފަހުން އަންނަންއޮތް ޒަމާނުގައި ކަމެއް ހިނގުމުގެ މާނަދޭހަކޮށްދޭ ބަސްބަހީ ކަމެއް

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

ބަސް ބެހިފައިވާ ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި ކަމެއް ހިނގައިފިކަން ނުވަތަ ހިނގާނެކަން ނުވަތަ ހިނގާފާނެކަން ދޭހަކޮށްދޭ ކޮންމެ ލަފުޒެއް


އަކުރު

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

އެހެން ބަހަކާ ލައިގެން ނޫނީ އޭގެ މާނަ ދޭހަނުވާ ކޮންމެ ބަހެއް 

2

ތުހުފަތުލްޢަދަބިއްޔާ

ނަމަކާއި ކަމަކާ ނުގުޅި އޮންނައިރު އެއިން އެއްވެސް މާނައެއް ދޭހަނުވާ އަދި މިއިން ބަޔަކާ ގުޅިއްޖެނަމަ އެއިން މާނައެއް ދޭހަވާ ކޮންމެ އެއްޗެއް. 

3

ސުއްލަމުލް ޢަރީބް

* ތާނައުކުރުގެ ގޮތުގައި ބޭނުންކުރެވޭ ހުރިހާ އަކުރުތަކެއް

* އަދި، ނަމަ، ވެސް، ދެން ، ފަހެ، އެހެނީ، މިފަދައިން އެކުލެވިގެންވާ އަކުރުތައް

4

ދަރިވަރުންގެ އެހީތެރިޔާ

އެ ލަފުޒުތައް އަމިއްލައަށް ހުންނަ އިރު ފުރިހަމަ މާނައެއް ދޭހަނުވާ އެކަމަކު އެހެން ލަފުޒަކާ ގުޅުމުން ފުރިހަމަ މާނައެއް ދޭހަވާ ލަފުޒުތައް

 

ފިޔަވަޅު 1، 2، 3،

* ތާނައުކުރުގެ ގޮތުގައި ބޭނުންކުރެވޭ ހުރިހާ އަކުރުތަކެއް

* ޖުމްލަތައް އުފެދެމުންދާއިރު ބަސްތައް ގުޅާލުމުގައި ކޮންމެވެސް މާނައެއް ދޭވަހާގޮތުން ބޭނުންކުރެވޭ ބަސްތަކެކެވެ.

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

* ތާނައުކުރުގެ ގޮތުގައި ބޭނުންކުރެވޭ ހުރިހާ އަކުރުތަކެއް

* އެ ލަފުޒެއް ވަކިވަކިން އުންނައިރު މާނައެއް ދޭހަނުވާ އެކަމަކު އެހެން ލަފުޒަކާ ގުޅުމުން ފުރިހަމަ މާނައެއް ދޭހަވާ ލަފުޒު.


ނަންއިތުރު

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

 

2

ތުހުފަތުލްޢަދަބިއްޔާ

 

3

ސުއްލަމުލް ޢަރީބް

 

4

ދަރިވަރުންގެ އެހީތެރިޔާ

ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް

 

ފިޔަވަޅު 1، 2، 3،

ނަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް


ކަންއިތުރު

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

 

2

ތުހުފަތުލްޢަދަބިއްޔާ

 

3

ސުއްލަމުލް ޢަރީބް

 

4

ދަރިވަރުންގެ އެހީތެރިޔާ

ހިނގި، ހިނގާ، ނުވަތަ ހިނގައިފި ކަމަކަށް އިތުރު ސިފައެއް ގެނެސްދޭ ލަފުޒެއް

 

ފިޔަވަޅު 1، 2، 3،

ކަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް


ނަންއިތުރުގެ ނަން

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

 

2

ތުހުފަތުލްޢަދަބިއްޔާ

 

3

ސުއްލަމުލް ޢަރީބް

 

4

ދަރިވަރުންގެ އެހީތެރިޔާ

ނަންއިތުރަކުން އުފައްދާފައިވާ ނަމެއް

 

ފިޔަވަޅު 1، 2، 3،

ނަންއިތުރުގެ ނަމަކީ ސިފައަށް ކިއިފައިވާ ނަމެއް

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

ނަންއިތުރަކުން އުފައްދާފައިވާ ނަމެއް


އިތުރު

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

 

2

ތުހުފަތުލްޢަދަބިއްޔާ

 

3

ސުއްލަމުލް ޢަރީބް

 

4

ދަރިވަރުންގެ އެހީތެރިޔާ

ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ގެންނަ ލަފުޒު 

 

ފިޔަވަޅު 1، 2، 3،

ނަންއިތުރުގެ ނަމަކީ ސިފައަށް ކިއިފައިވާ ނަމެއް

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ގެނެސްދިނުމަށް ބޭނުންކުރާ ލަފުޒު


މަސްދަރު

#

ފޮތުގެ ނަން

ތަފްސީލް

1

ދިވެހިބަހުގެ ބަސްމަގު

 

2

ތުހުފަތުލްޢަދަބިއްޔާ

 

3

ސުއްލަމުލް ޢަރީބް

 

4

ދަރިވަރުންގެ އެހީތެރިޔާ

މަސްދަރަކީ ފިޢުލް (ކަން) އުފެދުމުގެ އަސްލު  

 

ފިޔަވަޅު 1، 2، 3،

މަސްދަރަކީ ކަމުގެ ނަން.

6

ދިވެހިބަހުގެ ޤަވާއިދު 1، 2، 3، 4

މަސްދަރަކީ ކަން އުފެދުމުގެ އަސްލު 



ދިވެހި ބަހުގެ މައިގަނޑު ބައިތައް Reviewed by ވާޖިދާ ހާރޫން on July 14, 2020 Rating: 5
ބަސްނަ © 2020
Powered By Blogger

އިތުރު މައުލޫމާތު ހޯދުމަށް

Name

Email *

Message *

Powered by Blogger.